ސަލްމާން މިސްކިތުގައި ދިގު ރާގަށް ގުރުއާން ކިޔަވާ ބައްދަލުވުން ބާއްވަނީ

1 month ago

އަފްރާހް

ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ގުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަން އިއުލާން ކުރައްވާ ވިދާޅުވީ މިއީ ގުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ފައްޓަވާކަމެއްކަމަށެވެ.


މިކަން ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މި ތިލާވަތު މެހެފިލްގައި ޒުވާން ކުޅަދާން ގާރީން ފެނިގެންދާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.


ކީރިތި ގުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށް ހާއްސަ އައު އިމާރާތެއް ހުޅުމާލޭގައި ގާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު