ރައްޔިތުންގެ މަޖިލީސް އިދާރާގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ކޯހެއް ފަށައިފި

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީސް އިދާރާގެ މުވައްޒަފުންނަށް ސީޕީއާރ އަދި ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހެއް ފަށައިފިއެވެ.


އޮގަސްޓު 27 އިން ފެށިގެން ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި އެ އިދާރާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ 20 މުވައްޒަފުން ބައިވެރިވެއެވެ.


މި ޕްރޮގްރާމުގައި ކާޑިއޯވަސްކިއުލަރ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން މެޑިކަލް އިމަޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކްގެ އިތުރުން، ކެޝުއަލްޓީ ކެރީސްއާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައް ވެސް ވަނީ މި ޕްްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައެވެ.


މަޖިލިސް އިދާރާގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދޭނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ޑޮކްޓަރުންނާއި މެޑިކުންނެވެ.


ކިޔުންތެރިންގެ ހިޔާލު