ހުތުބާ ކިޔާ މީހުންގެ ދަފްތަރު މުރާޖާ ކުރަނީ

1 month ago

އަފްރާހް

މާލެ ސިޓީގެ މިސްކިތްތަކުގައި ހުކުރު ހުތުބާ ކިޔާ މީހުންެގެ ދަފްތަރު އަލުން މުރާޖާ ކުރުމަށް ނިންމައިފިއެވެ.


ހުތުބާ ކިޔާ ބައެއް އިމާމުން ކުށްކިޔާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ ޝަކުވާތައް އެ މިނިސްޓްރީ އަށް ވެސް ލިބެމުން އަންނަކަަމަށެވެ.


އެހެންވެ، ހުތުބާކިޔާ މީހުންގެ ދަފްތަރު އަލުން މުރާޖާކުރުމުގެ މަސައްކަތް ވަަރަށް އަވަހަށް ފައްޓަވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އިލްމީ، ގާބިލު، އަދި ހުނަރުވެރި ފަރާތްތަަކށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.


އިސްލާމިކް މިނިސްޓްރީން ގެންދަވަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގައި ޒުވާން، ތައުލީމީ ހަތީބުންނާއި އިމާމުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު