ގައުމީ މާމަ ކާފަ ދުވަސް ފާހަގަކުރުމަށް ފުނަދޫގައި ހަރަކާތްތަކެއް

1 month ago

އަފްރާހް

ށ. ފުނަދޫގައި "މާމަ ކާފައިންނާއެކު ހަވީރު ސައި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ ގައުމީ މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން އިންތިޒާމުކުރައްވައިގެން ބޭއްވި ހަރަކާތެކެވެ.


އުފާވެރި މާހައުލެއްގައި މާމަ ކާފައިންނާ ބައްދަލުކޮށް އެ ފަރާތްތަކަށް ބޭނުންތެރި ބައެއް މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ މާމަ، ކާފަ ބައިވެރިވެފައިވެއެވެ.


މިހަރަކާތުގެ ތެރޭގައި އެ ފަރާތްތަކަށް ބޭނުންވާނޭ މައުލޫމާތާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުތރެވިދާނެ ބައެއް ކަސްރަތުގެ މައުލޫމާތު ވެސް ފޯރުކޮށްދީފައި ވެއެވެ.


އެރަށުގައި މިދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ ޕެންޝަން އޮފީސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ށ. އަތޮޅު ކައުންސިލް، ށ. ފުނަދޫ ކައުންސިލް އަދި ށ. ފުނަދޫގައި ހަރަކާތްތެރިވާ އެކި އޮފީސްތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.


ގައުމީ މާމަކާފައިންގެ ދުވަހަކީ ސެޕްޓެންބަރު 1 ވަނަ ދުވަހެވެ. މާމަކާފައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މާމަކާފައިން ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މާމަކާފައިންނާއި މާމަ ކާފަ ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު