ސޯޝަލް މިނިސްޓްރީ އަށް ޕާޓްނަރ ރިކޮގްނިޝަން އެވޯޑެއް

1 month ago

އަފްރާހް

މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ފަރާތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޕާޓްނަރ ރިކޮގްނިޝަން އެވޯޑް އަރުވައިފިއެވެ.


މި އެވޯޑް ހަވާލުކޮށްފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ހަފްލާގައެވެ.


ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އޮގަސްޓް 27 ގައި ބޭއްވި މި ހަފްލާގައި، ވުޒާރާގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަންފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ޟައުފިޝާން ކަމާލުއްދީންއެވެ.


މި އެވޯޑަކީ މުޅި ރާއްޖޭގައި އިންސާނީ ހިދުމަތްތައް ކުރިއެރުވުމަށާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓާއެކު ގިނަ ދުވަސްތަކެއް ވަންދެން ވުޒާރާއިން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަރުވާފައިވާ އެވޯޑެކެވެ.


އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑްކްރެސެންޓާއި އެހެނިހެން ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން، އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ވުޒާރާގެ މުހިންމު އެއް އަމާޒެވެ.


އެ ވުޒާރާއިން ގެންދަނީ އިންސާނީ ހިދުމަތް ފޯރުކޮށްދޭ ޖަމުއިއްޔާ ޖަމާއަތްތަކާއި ގާތް ގުޅުމެއް އުފައްދާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ ގުޅިގެން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު