4 months ago
ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެއީ މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު ކަމަށް ވެސް ވިދާޅުވެއެވެ.
އޭނާއާއެކު ދަތުރުދިޔަ މީހުންނާއި ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 30 ވީ ހުކުރުދުވަހުގެ ހެނދުނު 10 އަކާއި 11 އާ ދެމެދުކަމަށެވެ.
އެ އިދާރާ އިން ވަނީ އޭނާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ 9794639 ނަމްބަރަށް ގުޅައި، އެކަން ހިއްސާ ކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.