4 months ago
މޯލްޑިވްސް ކެރަމް އެސޯސިއޭޝަންގެ ފަރާތުން އިސްރަށްވެހިންގެ ނާދީއަށް ކެރަމް ބޯޑު ސެޓެއް ހަދިޔާކުރައްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން މި ތަކެއްޗާ ހަވާލުވެ ވަޑައިގަންނަވާފައިވަނީ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޚަލީލްއެވެ.
އިސްރަށްވެހިންގެ ނާދީގައި ދަނީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ހިންގޭ ކޮންމެ ހަރަކާތަކީ ވެސް އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދާ މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ޖަމުއިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާކަންވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ފާހަގަކުރެއެވެ.
މިއިން ކޮންމެ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.