7 months ago
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަހުމަދު ސަމާހު ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ 'އެކްސް' ގައި ކުރެރއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފައެވެ.
އެ ޕޯސްޓުގައި މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މޭ 21 ވަނަ ދުވަހުން ފެށިގެން ސަމާހު ވަކިކޮށްފައިވާ ކަމަށް ހާމަކުރައްވާފައިވީނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އޭނާ އެ މަގާމުން ވަކިކޮށްފައި މިވަނީ ހުށަހެޅި މައްސަލައަކާއި ގުޅިގެން، ކޮށްފައިވާ ވަގުތީ ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ. އޭނާ ސަސްޕެންޑުކޮށް، މަގާމުން އެކަހެރިކުރީ މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.