ހައްޓަށް ސިލްސިލާގެ ހަތަރުވަނަ ސެޝަން ނިންމާލައިފި

1 month ago

އަފްރާހް

އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ "ހައްޓަށް" ސިލްސިލާގެ ހަތަރުވަނަ ސެޝަން ނިންމާލައިފިއެވެ.


މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމަށް ޔޫއެންއެފްޕީއާއި ސޯޝަލް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން ނިންމާލާފައިވަނީ 28 އޮގަސްޓް ގައެވެ.


މި ކްލާހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމަނަންޖެހޭ ކާނާގެ ބައިތައް ކިޔާދެވުނެވެ.


މީގެއިތުރުން އެކި ބަލިތަކާއި ގުޅިގެން ދުޅަވުން ފަދަ ކަންކަން ތަހައްމަލްކުރައްވާ ފަރާތްތަކަށް ދުޅަ ތިރިކުރާނެ ކާނާގެ ބާވަތްތައް ވަނީ ކިޔައިދީފައެވެ. އަދި ކަރީޑް ބަރަބޯ މޭޝް އަދި މުގު ފޮޅި ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.


އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.


އެހެންކަމުން މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު