ދެ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި

1 month ago

އަފްރާހް

އިންޑިއާގެ ދެހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފިއެވެ.


އެ ހިދުމަތް ހުއްޓާލާފައިވަނީ ބެންގަލޫރުގައި ހުންނަ ސައިޓް ކެއަރ ހޮސްޕިޓަލާއި އެސްޓާ ސީއެމް އައި ހޮސްޕިޓަލުންނެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މި ހިދުމަތް ހުއްޓާލާފައިވަނީ އެ ދެހޮސްޕިޓަލުން އެދިގެންނެވެ. އަދި އަލުން އެ ހިދުމަތް ފަށާނެ ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ސާފުވާގޮތެއް ނުވެއެވެ.


އެ ހޮސްޕިޓަލުތަކުން އާސަންދައިގެ ހިދުމަތް ހުއްޓާލާފައިވާއިރު، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ދެމުން އައި އާސަންދައިގެ ހިދުމަތް ވެސް ދާދިފަހުން ވަނީ މެދުކަނޑާލާފާއެވެ. އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލީ އެހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުން ކަމަށް އާސަންދަ ކުންފުނިން ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު