އެމްއޭސީއެލް އިން ހައި-ސީޒަނަށް ތައްޔާރުވަނީ

3 months ago

އަފްރާހް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "ވިންޓަރ ޕްރެޕް ކިކްއޮފް 2024" ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވައިފިއެވެ.


މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިވެންޓެއްކަަމަށް އެ ކުންފުނިން ވިދާޅުވެއެވެ.


މިއިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި އެކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ވީއައިއޭ އިން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއަރލައިންތަކަށް ފަސޭހަ، ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ޤާއިމްކުރުމަށްކަމަށް އެމްއެސީއެލް އިން ވިދާޅުވިއެވެ.


އެގޮތުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހައްޓައި، ޓަރމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމަންޓުން މަސައްކަތް ފަށާފައިވާކަމަށް ވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.


އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު