ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުން: ރައީސް

1 month ago

އަފްރާހް

ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.


މިޕޯސްޓުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ވިދާޅުވީ އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތް ގައުމަށް ބޭނުންވާ ކަމުގައެވެ. އަދި މަގުދެއްކުން ވެސް ދިވެހި ގައުމަށް ބޭނުންވާކަމުގައެވެ.


‎ގައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު