ނިޕޯން ޕެއިންޓްގެ ހާއްސަ ޕްރޮމޯޝަންއެއް އެސްޓީއޯ އިން

1 month ago

އަފްރާހް

ގައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. 


މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓުން ފެށިގެން 5 ސެޕްޓެންބަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް އިން ލިބޭނެ ޚާއްޞަ ފުރުޞަތެކެވެ.


މިގޮތުން މިޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.


އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަނެވެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު