މާލީ ހާލަތާގުޅޭ މައުލޫމާތެއް ހޯދުމަށް ސްޓެލްކޯ އިން ނުގުޅާނެ

1 month ago

އަފްރާހް

ކަސްޓަމަރުންގެ މާލީ ހާލަތާގުޅޭ މައުލޫމާތެއް ހޯދުމަށް ސްޓެލްކޯ އިން ނުގުޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމްޑީ މިފަދައިން ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ސްކޭމް ކޯލުތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދިލައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތްކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.


މީގެއިތުރުން ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ހާލަތާގުޅޭ މައުލޫމާތެއް ހޯދުމަށް އެކުންފުނިން ފޯނުން ނުގުޅާނެކަމުގެ ޔަގީންކަން އެމްޑީ ވަނީ ދެއްވާފައެވެ. އަދި އެފަދަ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، އަމިއްލަ އެއްވެސް މައުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށް ވެސް އިލްތިމާސްކުރައްވާފައި ވެއެވެ.


އެމްޑީ އިތުރަށް ވަނީ މިފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށް ކަސްޓަމަރުންގެ ކިބައިން އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު