ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފި

1 month ago

އަފްރާހް

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފިއެވެ.


ގައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.


މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި އަމީނިއްޔާ ސްކޫލު ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.


މި ރަސްމިއްޔާތުގައި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމަށް ފުލުހުންގެ ފަރާތުން ރަމްޒީ ހަނދާނެއް އަރުވާފައިވެއެވެ. މި ރަމްޒީ ހަނދާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.


ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލާފައެވެ. އެގޮތުން މިއަދު މެންދުރފަހު 2 ން ފެށިގެން އިރުއޮއްސި 6 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. މި މަހު 2 އިން 3 އަށް  ކޮންމެދުވަހެއްގެ  ހެނދުނު 9 ން ހަވީރު 4 ޖަހަންދެން އަދި ރޭގަދޫ 8 ން 10 ޖަހަންދެން ވެސް ހުޅުވިފައި ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު