4 months ago
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ރިޔާސީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރެއްވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްްޖެއެެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެވަނަ ބުރު ފުރިހަމަކުރި ޒުވާނުންނަށް ސަނަދު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މިއީ މުޖުތަމަޢު ބަަލައިގެންފައިވާ މުހިންމު ޕްރޮގުރާމެއް ކަމަށާެވެ. އަދި މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކުރައްވައިފައިވާ ކަމަށެވެ.
މީގެއިތުރުން އެކަން ކާމިޔާބުކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ވަނީ ސަނަދު ދީފައެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފްއާއި ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ބާއްވައިފައިވާ އިރު 300އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާން ޚަޠީބުން އަންނަނީ އިމާމުވެ ހުކުރުނަމާދު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.