ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހިޔާވަހިކަން ދިނުމަކީ އެމްޑީޕީ ސަރުކާރުން ފެށިކަމެއް: ފައްޔާޟު

1 month ago

އަފްރާހް

ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހިޔާވަހިކަން ދިނުމަކީ އެމްޑީޕީ ސަރުކާރުން ފެށިކަމެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމު އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.


އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ވިދާޅުވީ އެއީ 2020 ވަނަ އަހަރު ފަށާފައިވާ ކަމެއްކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލާއެކު މިހާރު ކުރިއަށްދާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ގާނޫނުން ކަނޑަނޭޅިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވެސް އެކަން ފޯރުކޮށްދީފައިވާ ކަމަށާެި އެކަން ކުރީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ބޭތިއްބުމަށް ހިތްވަރު ދިނުމުގެ ގޮތުން ފޯރުކޮށްދޭ އައު ވިސާއެއް ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.


ފައްޔާޟު އިތުރަށް ވިދާޅުވީ އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ ހެޔޮފާލެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަރުހަބާ ދަންނަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު

ރަޝީދާ ފޭދޫ

މިގައުމައް އެއްމެބޮޑެތި ހިޔާނާއްތެރިވީ ބަޔަކު އުޅެނީ އެމްޑީޕީގެ އިސްސަފުގައި ގައުމުދަވާލިމީހުން ގައުމު ވިއްކާލި ވަގުން މީތިފައްޔާޒުގެ ލާދީނީފިކުރުންކުރިކަންތައް

1 month ago

ސައްލޭ

ކޯޓާފީ ނަގަން ފެށީ ވެސް ކަލޭ.

1 month ago