ގަހެއްގެ ބައެއް ވެއްޓި، ވަގުތީ މާރުކޭޓުގެ ފުރާޅުން ޓިނުގަނޑެއް އެއްލާލައިފި

5 months ago

އަފްރާހް

ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާގޭ ކައިރީ ހުރި ގަހެއްގެ ބައެއް ވެއްޓި، ވަގުތީ މާރުކޭޓުގެ ފުރާޅުން ޓިނުގަނޑެއް އެއްލާލައިފިއެވެ.


ފުރަމާލޭގައި ސަރުކާރުގެ އޮފީސް އެންމެގިނައިން ހުންނަ އިމާރާތް ކަމަށްވާ ވެލާނާގޭ ކުރިމަތީ ހުރި ގަހެއްގެ ބައެއް ވެއްޓި ދެ ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ. އެއީ ގަސް ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ ސައިކަލަކަށާއި އެތާ ޕާކު ކޮށްފައި ހުރި ސައިކަލަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މީގެއިތުރުން ހިޔާ ވަގުތީ މާރުކެޓުގެ ފުރާޅުން ޓިނު ގަނޑެއް ވެސް ގަދަ ވަޔާއެކު އެއްލާލާފައިވާއިރު، މި ކަމުގެ ސަބަބުން އެއްވެސް މީހަަކަށް އަނިޔާއެއްވެ، ނުވަތަ އިތުރު ތަނަކަށް ގެއްލުމެރއް ލިބުނުކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައެއް ނުވެއެވެ.


މި ދެ ހާދިސާގެ ސަބަބުން މާލެ ސިޓީ ކައުންސިލުން ވަނީ ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.


މޫސުޟާއިބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު