ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައީސް ޑރ. މުއިއްޒުގެ މުހިންމު ބައްދަލުވުންތަކެއް މިއަދު

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުހިންމު ބައްދަލުވުންތަކެއް މިއަދު ވެސް ބޭއްވެވުމަށް ނިންމަވައިފިއެވެ.


އެގޮތުން ފްލެޓްތަކާއި ގޯތިތަކުގެ ކަންކަމުގައި ހަރަކާތްތެރިވާ ޔޫނިއަންތަކާއި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.


ރައީސް 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެބައްދަލުވުމުގައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާނެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


މީގެއިތުރުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާ ވެސް ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށް ދިއުންކަމަށެވެ.


އެހެންކަމުން މިއަދުގެ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ވަރަށްބޮޑަށް އިންތިޒާރު ކުރައްވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކޮންމެ އިންޑަސްޓަރީއެއްގައި އެ އިންޑަސްޓްރީގެ ފަރާތްތަކުގެ އަޑުއަހައިގެން ކުރިއަށް ދިއުންކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު