ފެންޑާ މައުރަޒު ކުރިއަށް

1 month ago

އަފްރާހް

ދިވެހިބަހުގެ އެކަޑަމީން "ފެންޑާ މައުރަޒު" ފަށައިފިއެވެ.


ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މައުރަޒު ސެޕްޓެމްބަރ 1 ވަނަ ދުވަހު ފެށިއިރު، މިއަދު ވެސް ކުރިއަށްދާނެއެވެ. އެގޮތުން ހެނދުނު 10 ން ހަވީރު 5 ޖަހަންދެން މި މައުރަޒު އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ.


މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދިންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި ވާހަކައާއި ނާވިލު ލިބެން ހުންނާނެއެވެ. އަދި ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ "ދިވެހިރާއްޖޭ ރަހުންނާއި ރަނިން" މި ފޮތް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިބެން ހުންނާނެއެވެ.


މި އަހަރުގެ މައުރަޒުގައި ވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ ފޮތްތައް ވެސް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު