ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް

1 month ago

އަފްރާހް

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގެންފިއެވެ.


ރެހެންދި ސުކޫލު ފުޓްސަލް ދަނޑުގައި ސެޕްޓެމްބަރ 1 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކްލަބު މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން މެޗުކުޅުމަށް ބޭނުންކުރާ ބޯޅަ ރެފްރީންނާ ހަވާލުކޮށްދެއްވާފައެވެ.


އެއަށްފަހު މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު މެޗު ބައްލަވަލައްވާފައި ވެއެވެ. މި މެޗުގައި ބައްދަލުކުރީ ކްލަބު ވެމްކޯ އަދި ޖޯލި މޯލްޑިވްސްއެވެ. މި މެޗު ވެމްކޯ ޓީމް ކާމިޔާބުކުރީ 2، 1 ގެ ނަތީޖާއަކުންނެވެ.


މި ރަސްމިއްޔާތުގައި ނައިބު ވަނީ މޮޅުވި ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު