އިންވެސްޓަރ ރެސިޑަންސީ ޕްރޮގްރާމެއް ފަށަނީ

1 month ago

އަފްރާހް

އިގްތިސާދު ޑައިވަރސިފައި ނުވަތަ ސިންދަފާތުކުރުމަށް، "އިންވެސްޓަރ ރެސިޑަންސީ" ޕްރޮގްރާމެއް ތަޢާރުފުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، ރައީސް މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުމާ ގުޅިގެން އިގްތިސާދު ސިންދަފާތުކުރުމަށް ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ޕަރލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ އެންމެހައި ކަންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސްގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު