4000 އަށްވުރެ ގިނަ ކުދިން ތެލެސީމިއާ އަށް ސްކްރީން ކޮށްފި

1 month ago

އަފްރާހް

ތެލަސީމިއާ އަށް ހޭލުންތެރިކުރުމަށް ހިންގާ ގައުމީ ކެމްޕޭންގެ ދަށުން މިހައިތަނަށް 4000 އަށްވުރެ ކުދިން ސްކްރީން ކޮށްފިއެވެ.


މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށި މި ޕްރޮގްރާމުގައި މިހައިތަނަށް ވަނީ 4004 ކުއްޖަކު ތެލެސީމިއާ އަށް ސްކްރީންކޮށްފައެވެ.


ސިއްހަތާ ބެހޭ ވުޒާރާ އިން ވިދާޅުވީ މި ކެމްޕޭންގެ ދަށުން ދަރިވަރުން ސްކްރީންކުރުމާއި ތެލެސީމިއާ އަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލްތަކުގެ 124 ބެލެނިވެރިންނާއި 198 ދަރިވަރުންނަށް ތެލެސީމިއާއާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ސްކޫލްތަކުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އޮފީސްތަކުގައި ވެސް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.


ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭންގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު