އިމިގްރޭޝަނުން ހިންގާ ރެއިޑްގައި އަނެއްކާ ވެސް ބަޔަކު ހައްޔަރުކޮށްފި

1 month ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަނުން މިހާރުކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އަނެއްކާ ވެސް ބައެއް ތަންތަން ބަލައި، ބަޔަކު ހައްޔަރުކޮށްފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން ވޮޗްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.


އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުންދާކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މި ރެއިޑުގައި ދެ ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.


ތރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަަމަގަށް އެޅުވުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި މިހައިތަނަށް ގިނަ އަދަދެއްގެ މީހުން ކަމާއިބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއޮރު، ބައެއް މީހުން ވަނީ ޑީޕޯޓު ވެސް ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު