ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

5 months ago

އަފްރާހް

ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސައިކަލު ދުއްވާއިރު، ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.


މީގެއިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށް އެދިލައްވައެވެ.


ވައި ގަދަވެ ވިއްސާރުވުމާ ގުޅިގެން ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި ދެ ސައިކަލަކަށް ގެއްލުންވެ، އަދި ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއް ވެސް ގަދަ ވަޔާއެކު ވަނީ އެއްލާލާފައެވެ.


ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު