ތަސްލީމް ގެއްލުުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ކުރަނީ

1 month ago

އަފްރާހް

ކ. ހުވަފެންފުށީ ދެކުނުން އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީހަނދާން ތަސްލީމް މުޙައްމަދު، ގެއްލުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ އެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށެވެ.


ފުލުހުން މީގެކުރިން ވިދާޅުވެފައިވަނީ އޭނާ ދަތުރުދިޔަ ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން ވެސް 3000 އަކަފޫޓު ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.


އޭނާއާއެކު ދަތުރުދިޔަ މީހުންނާއި ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 30 ވީ ހުކުރުދުވަހުގެ ހެނދުނު 10 އަކާއި 11 އާ ދެމެދުކަމަށެވެ.


އެ އިދާރާ އިން ވަނީ އޭނާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ 9794639 ނަމްބަރަށް ގުޅައި، އެކަން ހިއްސާ ކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު