އުރީދޫ، ނައިފަރު މަސްރޭސް އަންނަ ހުކުރު ދުވަހު

1 month ago

އަފްރާހް

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ މަސްރޭހުގެ 'ނައިފަރު މަސް ރޭސް' ބާއްވާ ތާރީހު އިއުލާންކޮށްފިއެވެ.


އެ ކުންފުނިން 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ނައިފަރތު މަސްރޭސް އޮންނާނީ މި ހިނގާ ސެޕްޓެމްބަރ މަހހުގެ 6 ވާ ހުކުރު ދުވަހު ކަމަށެވެ.


މި މަސްރޭސް ކުރިން ބާއްވާފައިވާ ތާރީހަށް ބަދަލުގެނައީ އޭރު، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވުުމުގެ ސަބަބުންނެވެ.


އެކުންފުނީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަން ތާވަލުކޮށްފައިވާ މަސްރޭހުގެ ތެރެއިން ހިންމަފުށިގައި ބޭއްވި މަސް ރޭސް ކާމިޔާބުކޮށްފައިވަނީ ސިފްކޯ ޓީމުންނެވެ. އަދި ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ އެވެ.


މި އަހަރުގެ މަސް ރޭސް ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ބޭއްވުމަށް ތާވަލުކުރިއިރު، މަސްރޭސް މިހާރުނުބޭއްވި އޮތީ ނައިފަރިގައި އެކަންޏެވެ.


އުރީދޫ މަސް ރޭހަކީ އެ ކުންފުނިގެ އަހަރީ ދުވަހާއި ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް އެންމެފުރަތަމަ ހަމައެކަނި މާލެއަށް އަމާޒުކޮށްގެން ބޭއްވިނަމަވެސް އަތޮޅުތެރެއަށް ވެސއް ހުޅުވާލުމުން ކޮންމެއަހަރަކު ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު