ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ދަރިވަރުން ސަދަން އޭރިއާ ކޮމާންޑަށް ޒިޔާރަތްކޮށްފި

1 month ago

އަފްރާހް

ތަޖުރިބާ ދަތުރެއްގައި، ޙަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްއަށް ޒިޔާރަތްކޮށްފިއެވެ.


އެ ސްކޫލުގެ ގްރޭޑް 11ގެ ދަރިވަރުން ސެޕްޓެންބަރު 2 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްއަށް ކުރި ޒިޔާރަތުގައި އެ ސްކޫލުގެ 24 ދަރިވަރުންނާއި ފަސް އޮފިޝަލުން ބައިވެރިވިއެވެ.


އެ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒަށް ޒިޔާރަތްކުރުމުން އެ އޭރިއާ ކޮމާންޑުން ވަނީ ދަރިވަރުންނަށް މަރުހަބާ ކިޔައިފައެވެ. މި ޒިޔާރަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ދަރިވަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.


މި ޒިޔާރަތުގައި، ދަރިވަރުން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައިވާ "ސަދަން މޯސްޓް ޕޮއިންޓް" އަށް ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު