ފޮރިން މިނިސްޓަރ ޔޫއޭއީ އަށް ފުރާވަޑައިގެންފި

1 month ago

އަފްރާހް

ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެކުވެރި ޢަރަބި އިމާރާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.


މި މަހުގެ 2 ން 4 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް އަބްދު ބިން ޒައިދު އަލް ނަޙްޔާން އާއި ޔޫ.އޭ.އީ. ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


މި ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު