މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަޝްފާގު

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަސްމީ ގެކޮޅު ކަމުގައިވާ މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފިއެވެ.


ރާއްޖޭގައި މިހައިތަނަށް އުފެދުނު އެންމެމޮޅު، އެންމެހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަދި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ.


އަޝްފާގަކީ ސަރަހައްދީ ގައުމުތަކުން ވެސް އެންމެ ޖެހިލުންވާ ފޯވަރޑެެވެ. އޭނާ ވަނީ މެލޭޝިއާގެ ކުލަބަކަށް ކުޅެ، އެޓީމަށް ވެސް ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިދީފައެވެ. އަދި ރާއްޖޭގެ އެކި ކުލަބުތަކަށާއި ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ފަޚުރުވެރި ކާމިޔާބީތަކެއް ވަނީ ހޯދައިދީފައެވެ.


މަޖިލިސް ރައީސްގެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ.


ކިޔުންތެރިންގެ ހިޔާލު

އަދީ

އަދި އެމް.ޑީ އަކާ 5 ސްޓޭޓް މިނިސްޓަރުން ލާން ފެނޭ އެއިރުން ޕިޗް މަތިވާނެ.

1 month ago