ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން: ރައީސް ޔާމީން

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުން ކަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމުގައި ދޮގު ހައްދަވައި އޮޅުވާލައްވާ ކަމަށެވެ. އަދި އެ ދޮގުން ސަލާމަތްވުމަށް ވެސް ހައްދަވަނީ ދޮގު ކަމަށެވެ.


މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރެއް އައިސްފިނަމަ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް ސިޔާސީ މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުންނަށް ވައުދުވި ނަމަވެސް، މި ސަރުކާރު އައި ފަހުންވެސް ރައީސް ޔާމީނަށް ދަތިކުރުމުގެ ފިޔަވަޅު ކަރެންޝަންސް މެދުވެރިކޮށް އެޅުއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


ރައީސް ޔާމީން ވަނީ އެމަނިކުފާނާ މެދު އިހްސާންތެރި ސަރުކާރަކަށް މި ސަރުކާރު ނުވާކަން މަޖިލީހުގެ ބިއުރޯގެ ޗީފު، އަހުމަދު ނިހާންގެ މައްސަލަ އަނބުރާ ގެންދިޔައިރު، އެމަނިކުފާނުގެ މައްޗަށް އަނެއްކާ ވެސް ޝަރީއަތްތައް ހިންގަން ފެށުމުން ވެސް އެނގިގެން ދާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު