21 ވަނަ ގަރުނަށް ބޭނުންވާ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދެންޖެހޭ: ޑރ. މާރިޔާ

1 month ago

އަފްރާހް

21 ވަނަ ގަރުނަށް ބޭނުންވާ ހުނަރުތަށް ދިވެހި ޒުވާނުންނަށް ދަސްކޮށްދޭންޖެހޭ ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވެފައިވަނީ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) އަށް 5 އަހަރު ފުރުމުގެ މުނާސާބާގައި ބޭއްވި ހަފުލާގައެވެ.


އެކަމަނާ ވިދާޅުވީ މީރީ ޕްރޮޖެކްޓަކީ ޒުވާނުންގެ ހުނަރުވެރިކަން އިއާދަކޮށް، ތަރައްގީކުރުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ ޓީމެއް ކަމަށެވެ. އަދި މީރީ ޕްރޮޖެކްޓުން އުފައްދާ ޑިޖިޓަލް ވަސީލަތްތަކާއި އެ ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކި ހަރަކާތްތަކަކީ ޒުވާނުން ޝައުގުވެރިވާފަދަ ހަރަކާތްތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ.


މީރީ ޕްރޮޖެކްޓަށް 5 އަހަރު ފުރުމުގެ މި ރަސްމިއްޔާތުގައި، ޑރ. މަރްޔަމް މާރިޔާއާއި މީރީ ޕްރޮޖެކްޓްގެ މެނޭޖަރ، ޢަލީ ޝަރީޕް، މީރީ ޕްރޮޖެކްޓާއި މިނިސްޓްރީގައި މަސައްކަތްކުރައްވާ އެކި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު