ވޭމަންޑޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް މިނިސްޓަރ ރާފިއު ދެއްވީ އުއްމީދީ ޚަބަރެއް

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަމަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާ ބައްދަލުކޮށްފިއެވެ.


އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮޅުމަޑުލު ވޭމަންޑޫގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ދެ ފަރާތުން ވެސް ވާހަކަ ދައްކާފައެވެ.


އެގޮތުން އެރަށުގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތަށް ކޮނެފައިވާ ބޮޑެތި ފުން، ފެންހެދޭ ވަޅުގަނޑުތަކެއް ހުރުމުން ކުޑަކުދިންނަަށާއި ސިއްހީގޮތުން ވެސް ރައްކާތެރިކަމެއް ނޫންކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.


އެެހެންކަމުން މިހާރުން މިހާރަށް އެކަމަށް އެކަށީގެންވާ ހައްލެއް ގެނެސްދެއްވައި، އެ މަސައްކަތް ފައްޓަވާނެ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެރަށު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަންނަ 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި މަޖިލިސް މެމްބަރު އަހްމަދު ރިޔާޒުއާއި ޑިޕިއުޓީ މިނިސްޓަރުން ކަމުގައިވާ ހުސައިން ނިހާދު އަދި އަސްލަމް ރަހާ ބައިވެރިވެވަޑައިގެންނެވިއެވެ. ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ރައީސް އަހްމަދު ޝައުކަތުއެވެ.


ކިޔުންތެރިންގެ ހިޔާލު