ރާޅުގަނޑު ސަރަހައްދަށް ޑިންގީ ބަންޑުން ޖަހާލައިފި

1 month ago

އަފްރާހް

ރާޅުގަނޑު ސަރަހައްދަށް ޑިންގީ ބަންޑުން ޖަހާލައިފިއެވެ.


މީސްމީޑިއާގައި މި ހާދިސާގެ ވިޑީއޯ ދައުރުވަމުންދާއިރު، އެމްއެންޑީއެފް އިން ހާމަކުރައްވާފައިވާ ގޮތުގައި އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.


އެހެންނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުގައި މިއީ ފަސް މީހުންނާއެކު މަހަށް ނުކުތް އުޅަނދެކެވެ. އަދި މި އުޅަނދުގައި 25 ފޫޓު ހުންނާނެ ކަަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އެ އުޅަނދުގައި ދެ ދިވެހީންނާއި ދެ ބިދޭސީން ތިބި ކަމަށެވެ. އަދި އެންމެން ސަލާމަތްކޮށްފައިވާއޮރު، ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު