ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއްގެ މައްސަލަ

1 month ago

އަފްރާހް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ސައްހަނޫން ކޯޓު އަމުރެއް ނެރުމުގެ މައްސަލަ ފެންމަތިވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވި އެ އިދާރާ އިން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓުކަމަށް ބުނެ ސައްހަނޫން ރިޕޯޓެއް އުފައްދައި އެ ރިޕޯޓު ދައުރުކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.


އެ އިދާރާ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރުނުކަމަށްބުނާ ސައްހަނޫން ކޯޓުއަމުރަކާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.


މީގެއިތުރުން ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑަރއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑަރ ދިމާނުވާ ކަމަށާއި ދައުރުކުރަމުންދާ މި ރިޕޯޓުގައި އޭރުގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ، ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓު ތަކުގައި ސޮއިކުރައްވާ، ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ފުލުހުންގެ ބަޔާނުގައި ވެއެވެ.


ފުލުހުން އިތުރަށް ވިދާޅުވީ ދައުރުވަމުންދާ މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލުގެނެސްގެން އުފައްދާފައިވާ ސައްހަނޫން ރިޕޯޓެއް ކަމަށެވެ.


މި ރިޕޯޓު އުފައްދާ ދައުރުކުރަމުންދާ މައްސަލަ އެ މުއައްސަސާ އިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

މުއިއްޒު އަށްވޯޓުދިންމީހާ

ހަގީގަތުގައި ތިއީ ވަރަށް ބޮޑު މައްލައެއް އެކަމަކު ތިމައްސަލައެއްނުބަލާާނެ ތިއީ މިސަރުކާރުގެ ބޮޑެތިމީހުން އަޑީގަތިބެގެން ކުރަމުންދާކަމެއް ކިތައްމެދުވަހެއް ތިކަން ނުކުރެވިގެންއުޅޭތާ މުއިއްޒު ހީކުރީ އަބަދު ވެރިކަމުގަ ކުރެވޭނެކަމަށް

1 month ago