ބްރިޖް މަސައްކަތަށް ރައީސް ޔާމީން އަހަންމިއްޔަތުކަމެއް ނުދެއްވާ – އުޅުއްވީ ތާސްކުޅުމުގަ: އަދީބު

1 month ago

އަފްރާހް

ބްރިޖް އެގްރީމެންޓްގައި ސޮއިކުރުމާއި ބްރިޖުގެ ކުރެމުން އިއުލާން ކުރެއްވުމަށް ވެސް ރައީސް ޔާމީން އިންކާރުކުރެއްވި ކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި އެމަނިކުފާނު ވިދާޅުވި އެހެންވެ ބްރިޖާއި ގުޅޭ ހުރިހައި ކަމެއް ކުރިއަށް ގެންދިޔައީ އިކޮނޮމިކް ޔޫތު ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އަދީބު ވިދާޅުވިއެވެ.


އިކޮނޮމިކް ޔޫތު ކައުންސިލްގެ ކޯ ޗެއަރ ގެ މަގާމުގައި އޭރުހުންނެވި އަދީބު ވިދާޅުވީ ބްރިޖް އެގްރީމެންޓުގައި ސޮއިކުރެއްވުމަށާއި ބްރިޖުގެ ކުރެހުން އިފްތިތާހު ކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވީ އެއީ ހަގީގަތަކަށް ހެދިދާނެ ޕްރޮޖެކްޓެއް ކަމަށް ދެކިނުލައްވާތީ ކަމަށެވެ.


މީގެއިތުރުން އަދީބު ވަނީ ސިނަމާލެ ބްރިޖު އެޅުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއިރު، ރައީސް ޔާމީން އެކަންކަމަށް އަހައްމިއްޔަތުކަން ނުދެއްވާ ކަމަށެވެ. އަދި އުޅުއްވީ ތާސްކުޅުއްވައި، ސިންގަޕޫރުގައި ޝޮޕިންގ ކުރުމުގައި ކަމަށެވެ.


"ބްރިޖު އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީތަކުން އޭރު އިއުލާނު ވެސް ކުރި. އެކަމަކު އިކޮނޮމިކް ކައުންސިލުން ނިންމީ، އެ މަސައްކަތް އާންމުކޮށް އިއުލާނު ނުކޮށް، ޗައިނާ ސަރުކާރާ ވާހަކަދެއްކުމަށް." އަދީބު ވިދާޅުވިއެވެ.


އެމަނިކުފާނު ވަނީ ބްރިޖުގެ މަޝްރޫއާއި އެހެން ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ފަށައި ކުރިއަށްދިޔައިރު، އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނުގެ އެއްބާރުލެއްވުން ލިބިވަޑައިނުގަންނަވާކަން ހިތާމަޔާއެކު ފާހަގަކުރައްވާ ކަމަށެވެ.


އެ މަޝްރޫއާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރައީސް ޔާމީންގެ ކިބައިން އެދުމުން ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ގޮތަށް މި ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން މި މަޝްރޫއާ ގުޅޭ ރަސްމީ މަޝްވަރާތަކާއި "ނެގޯޝިއޭޝަން" ތަކުގައި ވެސް އުޅެންޖެހުނީ އެކޮނޮމިކް ކައުންސިލުންކަން ފާހަގަކުރައްވައި، އަދީބު ވަނީ ޗައިނާގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭގެފަހުން އައި ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.


އަދީބު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް "އަދީބް ކުރިއަށް ގެންދިއުމަށް" ރައީސް ޔާމީން ވިދާޅުވި ކަމަށާއި، ބްރިޖެއް ބޭނުންވާ ސަބަބާ ގުޅޭގޮތުން ޗައިނާގެ ރައީސް ސުވާލުކުރެއްވުމުން އެއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ވެސް ޔާމީން އެދިވަޑައިގަތީ އަދީބުގެ ކިބައިންކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އާދަނު

ތިޔަބޭފުޅާގެ ވާހަކަގަބޫލުކުރާނީ މޮޔައެއް

1 month ago