ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

1 month ago

އަފްރާހް

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަރިސްކުރައްވައިފިއެވެ.


އެމަނިކުފާނު ގައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' މެދުވެރިކުރައްވައި، ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.


ގައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް އެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


މި ޖަލްސާގައި އެމަނިކުފާނު ގައުމާ މުޚާޠަބު ކުރައްވާނެއެވެ.


ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު