އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއެކު އިގްތިސާދީ ވުޒާރާއިން މުހިންމު ބައްދަލުވުމެއް ބާއްވައިފި

1 month ago

އަފްރާހް

އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާއާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. 


އެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.


މީގެތެރޭގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމުގައި އެހީތެރިވެދިނުމާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގައި އެހީތެރިވުން ހިމެނެއެވެ. އަދި ފުޑް ސެކިއުރިޓީ، ޑިޖިޓަލައިޒޭޝަން އަދި ޚިދުމަތްތައް ޑިޖިޓަލް ޒަރީއާއިން ފޯރުކޮށްދިނުން ހިމެނެއެވެ. 


މީގެއިތުރުން ތަރައްގީގެ ދާއިރާތަކުން ރިސާރޗް ހެދުމާއި، ހިއުމަން ރިސޯސް ކެޕޭސިޓީ އިތުރުކުރުން، އަދި ފައިނޭންސިންގ ދާއިރާ ފަދަ އިޤްތިޞާދު ސިންދަފާތުކުރުމަށް އަމާޒުހިފިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.


މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ކަންޓްރީ ޕާރޓްނަރޝިޕް ސްޓެރެޓަޖީގެ ދަށުން ރާއްޖެއާއެކު މަސައްކަތްކުރާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މިހާތަނަށް ކުރެވެމުންދާ ކަންތައްތައް ދެނެގަތުމާއި، ޢިގްތިސާދާ ވިޔަފާރިޔާ ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ދާއިރާތަކުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު