ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން: ރައީސް

1 month ago

އަފްރާހް

ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.


ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ކާބަފައިންނަކީ މި ޤައުމުގެ ދިފާޢުގައި ހުރިހައި މާނައެއްގައި ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަމަށެވެ. އަދި ދިވެހި ތަރިކަތައް ހެކިދެނީ އެގޮތަށްކަމުގައެވެ.


ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދައިގަތްގޮތުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.


މީގެއިތުރުން ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް މި އަސާސުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ޤާއިމުވެ ނެތުމުގެ ސަބަބަކީ ވެސް އެއީކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތަޢާރަފުކުރެވި ދާއިރާގެ ތަޢުލީމާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަމުގައި ވިދާޅުވިއެވެ.


ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ޠަބީޢީ ސިއްރަކީ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުޤު ކަމުގައިވުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 


އެހެންކަމުން ޤައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށާއި ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅިފައި އޮންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު