ޔޫއޭއީ އިން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ފޮރިން މިނިސްޓަރުގެ ޝުކުރު

1 month ago

އަފްރާހް

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެކުވެރި ޢަރަބި އިމާރާތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ޢަބްދު ބިން ޒައިދު އަލް ނަޙްޔާން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އެމަނިކުފާނު، އެގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އެ ގައުމުގެ އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް، ޚާރިޖީ ވަޒީރަށް އަރުވާފައެވެ.

މި ބައްދަވުމުގައި ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ޒަމީރުވަނީ އެކުވެރި ޢަރަބި އިމާރާތުން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި، ރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް؛ އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު؛ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ؛ އަދި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ޙައްސާން ވަހީދު ބައިވެރިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު