މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑޭނެ

5 months ago

ސާއި

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ މި މަސަައްކަތް ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ، ހެންވޭރު، ބޮޑުތަކުރުފާނު މަގު، ބޮޑުފުންގަނޑު މަގު، ބޮޑުރަސްގެފާނު މަގު، ލޮނުޒިޔާރަތް މަގުގައި ކަމަށެވެ. އަދި ބުރެވި މަގު، ހިތިގަސް މަގު، ޑެއިޒީ ހިނގުން، މޫންލައިޓް ހިނގުން، ބަރުޖޯރާ ގޯޅި އާއި ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަހައްދުގައި ކަމަށެވެ.


މި މަސައްކަތް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެން ކަމަށާއި ނަމަވެސް ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމައިލުމަށް އަމާޒު ހިފާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި މަސަައްކަތް ހިނގަމުންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިވާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށްއެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު