ކުޑަކުދިންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އަލުން އަޒުމު ކަނޑައަޅަން ޖެހޭ: ޑރ. ޢާއިޝަތު ޝިހާމް

1 month ago

އަފްރާހް

ކުޑަކުދިންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އަލުން އަޒުމު ކަނޑައަޅަން ޖެހޭ ކަމުގައި ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


އެކަމަނާ ވިދާޅުވީ ސަރުކާރާއި، މުޖުތަމައުތަކާއި، ވަކިވަކި ފަރުދުން ގުޅިގެން ކޮންމެ ކުއްޖަކު ވެސް ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި އެކުދިންގެ އަގުވަޒަންކޮށް، ބާރުވެރިކުރުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.


މީގެއިތުރުން ކުދިން ކުރިއަރައި، ފޯދިގެން ދިއުމަށްޓަކައި މުޅި މުޖުތަމައުން ކުދިންނާއެކު ރަނގަޅު ގުޅުމެއް ބާއްވަންޖެހޭކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ކޮންމެ ކުއްޖަކަށްވެސް ޞިއްޙަތު ރަނގަޅު އަދި ލޯބިދޭ އާއިލާތަކެއްގެ ބެލުމުގެ ދަށުން ރައްކާތެރިކަމާއި އިއްޒަތާއެކު ބޮޑުވެ، ބޯހިޔާވަހިކަން ލިބޭނެ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު