ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު އޮންނަންވާނީ އެ ގައުމެއްގެ ރައްޔިތުންގެ މުށުތެރޭގަ: ރައީސް ޔާމީން

1 month ago

އަފްރާހް

ގައުމަކަށް ލިބޭނެ އެންމެ އަގު ބޮޑު މުދަލަކީ އެ ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތީ ބާރު ކަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ 81 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާ މުބާރިކު ބާދު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ފޮނުއްވި މެސެޖުގައެވެ.


ރައީސް ޔާމީން ވިދާޅުވީ ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، އިގްތިސޯދީ ފުދުންތެރިކަމާ އެކު އެ ގައުމެއްގައި މިނިވަންކަމާ ސިޔާދަތު އަދި އސިްތިގުލާލު އޮންނަންވާނީ އެ ގައުމެއްގެ ރައްޔިތުންގެ މުށު ތެރޭގައި ކަމަށެވެ.


މީގެއިތުރުން އެ ބާރުތަކަށް ބޭރުގެ ބާޒުތަކުގެ ކަޅި ހުއްޓި ބާރުތައް ނިގުޅައިގަންނަން ފުރުސަތު ދީފި ނަމަ، އަމިއްލަ ވަންތަކަމާ އެކު ގައުމު ވެސް ބީވެގެން ހިނގައިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


އެމަނިކުފާނު ވަނީ ބޭރުގެ އަސްކަރިއްޔާތަކުގެ ވަކިތަކުން ގައުމު ސަލާމަތްކޮށް ދިވެހިންގެ ކަންކަން ދިވެހިން ނިންމުމަށް ވެސް ގޮވާލައްވާފައެވެ. އަދި 21 ވަނަ ގަރުނުގައި ގައުމުތައް އަޅުވެތިކުރަނީ ފިކުރީ ގޮތުންކަން ހަނދުމަކޮށްދެެއްވިއެވެ.


ހަމަމިއާއެކު މިކަމަށް ދިވެހީން ހޭލާ ތިބެ، ބޭރުން އަންނަ ހަމަލާތަކާ ކުރިމަތިލާ، ބޮޑު ތަކުރުފާނު ފަދަ ގައުމީ ބަތަލުން ކުރި ޖިހާދުން ގެނެސްދީފައިވާ މިނިވަންކަން ދަމަހައްޓައި ނަގަހައްޓަން ވެސް ގޮވާލެއްވިއެވެ. އަދި ކޮންމެ ދިވެހި ދަރިޔަކީ ވެސް ދެ ހާޖީންނާ ދަންޑެހެލު އަދި ދެ ތަކުރުފާނުން ކުރި މިންނެތް މަސައްކަތުން ހިތްވަރު ލިބިގަނެ ގައުމުގެ ހައްގުގައި ބަސް ބުނަން ކެރޭނެ ބަޔަކަށް ވުމަށް ވެސް ގޮވާލައްވާފައި ވެއެވެ.


ރައީސް ޔާމީން ވަނީ ގައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އައުކޮށް ގައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަނެ، ގައުމު އަޅުގަނޑުމެންނަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ގައުމަށް އަޅުގަނޑުމެން ކޮށްދެންވީ ކޮން ކަންތައްތައްތޯ ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމަށް ވިސްނަންވީ މިއަދު ކަމަށް ވެސް ވިދާޅުވިއެވެ.


އެމަނިކުފާނުގެ މެސެޖުގައި ރާއްޖެއަކީ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތަށް ލޯބިކުރާ މިނިވަން ގައުމެއްގެ ގޮތުގައި ލަހައްޓަވާ، މި ކުޑަކުޑަ ރާއްޖެއަށް އަބަދު ވެސް ކުރިއެރުމުގެ އާރޯކަމާއި ފެހިކަން މިންވަރުކުރެއްވުމަށް އެދި ދުއާ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ނޫން މިހާރުއޮންނަނީކޮޅުބަދަލުވެވެރިމީހާގެމުށުތެރޭގައި

1 month ago