އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާތި: ރައީސް

1 month ago

އަފްރާހް

ގައުމެއްގެ ގައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކިުފާނު ވިދާޅުވީ މާދަރީ ބަހަކީ އަމިއްލަ ގައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާކަމުގައެވެ.


އެމަނިކުފާނު ވިދާޅުވީ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި، ގައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއްކަމަށެވެ. އަދި ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ ވެސް ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުންކަމުގައި ވިދާޅުވިއެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ މިއަހަރުގެ ގައުމީ ދުވަހަކީ ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއްކަމުގައި ހެދުމަށް އެދިވަޑައިގެންފައެވެ. އަދި ބަހުން މުއާމަލާތުކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.


"ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ޒަކާތު ހައުސް އުފެއްދީ އެހެންވެގެން." ރައީސް ވިދާޅުވިއެވެ.


ރައީސް ވަނީ ވާހަކަދެއްކުމުގައި އިސްލާމްދީން އަންގަވާފައިވާގޮތަށް އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ބުނާނެ ހެޔޮ ބަހެއް ދުލަށް ނައިނަމަ ހަނުހުރުމަށް ބާރުއަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ހެޔޮބަސްބުނެވޭނީހެޔޮކޮށް ކަންތައްކޮށްދެވިގެން

1 month ago

އިއްބެ

އޭގެބަދަލުގައިމިހާރުފެންނަނީ ރަނގަޅުމަކަރުވެރިދޮގެއް ހަދާތަން

1 month ago