ލަންދޫގައި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމެއް

1 month ago

އަފްރާހް

 ނ. ލަންދޫގެ އަންހެން ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އެރަށު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ރަށުގެ 73 ކަނބަލުން ވަނީ ބައިވެރިވެފައެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމައެއް ގާއިމުކުރުމަކީ ވެސް މަގްސަދެކެވެ.


މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު