އޮރެންޖް ސަމާލުގެ ވަގުތު އިތުރުކޮށްފި

5 months ago

އަފްރާހް

ރާއްޖޭގެ ބައެއް އަތޮޅުތަކަށް ނެރެފައިވާ އޮރެންޖް ސަމާލުގެ ވަގުތު މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިތުރުކޮށްފިއެވެ.


އެ އިދާރާ އިން ވަނީ މިއަދު ހެނދުނު ނެރުނު އޮރެންޖު ސަމާލުގެ ވަގުތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ދަންމާލާފައެވެ. އެ އިދާރާ އިން ވިދާޅުވީ ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.


މީގެއިތުރުން ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް މިއަދުގެ ހަވީރު 4:30 ގެ ނިޔަލަށް ވަނީ ރީނދޫ ސަމާލު ވެސް ނރެފެައެވެ. އެސަރަހަްއްދަށް ވެސް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ވަނީ ަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައި ވެއެވެ.


މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު