ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފި

1 month ago

އަފްރާހް

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއިން ކަޒަކިސްތާނާއެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.


މި ފަހުމުނާމައިގާ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނު ސަރުކާރުގެ ޑިޖިޓަލް ޑެވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއިރޮސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒްހާސްލަން މަޑިޔެވް އެވެ.


މި ފަހުުނާމައިގާ ސޮއި ކުރައްވާފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު މީގެކުރިން ވިދާޅުވެފައިވަނީ ރޭވިގެން ހިންގާ ބޮޑެތި ކުށްތަކަށް ތަހުގީގު ކުރުމުގައި ފުލުހުން މިހާރަށްވުރެ ހުށިޔާރުވާން ޖެހޭ ކަމަށެވެ. އަދި ގާބިލްކަން އިތުރުކުރަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ދޭންޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު