ނުރައްކާތެރި އެކްސިޑެންޓެއް – އެކަކު ވެންޓީލޭޓަރުގަ

1 month ago

އަފްރާހް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.


މިއީ ސެޕްޓެމްބަރ 4 ވީ ބުދަ ދުވަހުގެ ރޭ ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. އަދި މި މި އެކްސިޑެންޓު ހިނގާފައިވަނީ މާލޭގެ ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިީގައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމަތު ރޭ 12:53 ހާއިރު ލިބިފައިވާކަމަށެވެ. އަދި މި ހާދިސާގައި ސައިކަލް ދުއްވަން އިނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.


އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން މައުލޫމާތު ދެއްވާ ގޮތުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ، ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.


މި މައްސަލައައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެއެވެ.


ކިޔުންތެރިންގެ ހިޔާލު