މާލޭގައި އަލިފާނުގެ ހާދިސާއެއް – މީހަކަށް އަނިޔާއެއް ނުވޭ

1 month ago

އަފްރާހް

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކަށް އެމްއެންޑީއެފް އިން އެޓެންޑުވެ، ނިއްވާލައިފިއެވެ.


އެ މުވައްސަސާ އިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އަލިފާން މިހާރު ނިއްވާލެވިފަައިވާ ކަމަށެވެ.


މީގެއިތުރުން އަލިފާން ރޯވީ 3 ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި ކަރަންޓްބޯޑެއްގައި ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.


މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު