އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގު މަގާމުން ވަކިކޮށްފި

5 months ago

އަފްރާހް

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީގު މަގާމުން ވަކިކޮށްފިއެވެ.


ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ 17 ގައި އެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ތައުފީގު އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދިހާމައެއް ނުކުރައްވައެވެ.


އޭނާ މި މަގާމުން ވަކިކުރައްވާފައި މިވަނީ އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާރސަންގެ މަގާމުން އާއިޝާ ނޫރައިން ޖަނާހު ވެސް އިސްތިއުފާ ދެއްވާފައިވަނިކޮށްނެވެ. އަދި އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ރާފިލް މުހައްމަދު ވެސް އިސްތިއުފާ ދެއްވާފައެވެ.


މިއާއެކު އެމްއެމްޕީއާރުސީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން އުޅޭކަމަށް ބައެއް މީޑިއާތަކުގައި މިހާރުދަނީ ރިޕޯޓުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު